Skip to content

އަސިސް & ޓީ ގެ ތައާރަފު

އެސޯސިއޭޝަން ފޮރ އިންފޮރމޭޝަން ސައިން އެންޑް ޓެކްނޮލޮޖީ (އަސިސް & ޓީ)އަކީ މައުލޫމާތުގެ އިލްމުގެ ދާއިރާގެ އަމަލީ މަސައްކަތާއި ދިރާސީ މަސައްކަތް އެއްތަންކޮށްދޭ ހަމައެކަނި ފަންނީ ޖަމިއިއްޔާއެވެ. މައުލޫމާތު ލިބިދިނުން ކުރިއެރުވުމަށް އައު އީޖާދުތައް ކުރުމާއި، އުކުޅުތަކާއި ޓެކްނޮލޮޖީ ދެނެގަތުމުގައި އަސިސް އެންޑް ޓީ ހަރަކާތްތެރިވާތާ 85 ވަރަކަށް އަހަރު މިވަނީ ހޭދަވެފައެވެ.

އަޅުގަނޑުމެންގެ މެންބަރުން ކަމުގައިވާ، 50 ގައުމަކަށް ނިސްބަތްވާ، މައުލާމާތުގެ އިލްމުގައި ހަރަކާތްތެރިވާ އެތަކެއް ހާސް ދިރާސާވެރީންނާއި، ޑިވެލޮޕަރުންނާއި، ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ދަރިވަރުން އަދި ދާރިސުންގެ ފަންނީ ކުރިއެރުވުމުގެ ބޮޑު ހިއްސާއެއް ކަމުގައި އަސިސް އެންޑް ޓީ ވެފައި ވެއެވެ.

މެންބަރުންގެ މެދުގައި އޮންނަ މައިގަނޑު އެއް ޝައުގުވެރިކަމަކީ މުޖުތަމައުގެ ފަރުދުން މައުލޫމާތު ރައްކައުކުރުމާއި ހޯދައި ލިބިގަތުމާއި، ތަހުލީލުކުރުމާއި، އިންތިޒާމު ކުރުމާއި، އަރުޝީފުކުރުމާއި އަދި މަޢުލޫމާތު ހިއްސާކުރުން ކުރިއެރުވުމެވެ.

ވިޝަން
އެސޯސިއޭޝަން ފޮރ އިންފޮރމޭޝަން ސައިން އެންޑް ޓެކްނޮލޮޖީ ގެ ވިޝަން އަކީ މައުލޫމާތުގެ އިލްމު އަދި ޓެކްނޮލޮޖީގެ ދާއިރާގެ ދިރާސާކުރުމާއި އަދި އެ ހޯދުންތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމުގައި ދުނިޔޭގައި ބަސްވިކޭ ޖަމާއަތަކަށް ވުމެވެ.

ޝަން
މި ޖަމިއްޔާގެ މިޝަން އަކީ މައުލޫމާތުގެ އިލްމު އަދި ޓެކްނޮލޮޖީގެ ދާއިރާގެ ދިރާސާކުރުމާއި އަދި އަމަލީ މައިދާނުގައި އެ ހޯދުންތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއެރުވުމެވެ.

ޖަމިއްޔާގެ އަސާސްތައް

 އަސިސް އެންޑް ޓީ ގެ އަސާސް (ނުވަތަ ވެލިއުސް)ތަކުގެ ތެރޭގައި ހިމްނެނީ

  • ދޭދޭ މާއްދާތަކުގައި އޮންނަ ގުޅުންތަކަކީ، މަޢުލޫމާތުގެ ތަފާތު ކަންކަމުގައި ހައްލު ހޯދުމުގައި، ކަމާބެހޭ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބައިވެރިވުން އޮންނަންޖެހޭކަމަށް ދުށުން؛
  • އުނގެނިފައިވާ އިލްމާއި ހިލްމު އެހެނިހެން ފަރާތްތަކާއި ހިއްސާކުރުމަށް މަގުފަހި ކުރުމަށް، މުއާމަލާތުކުރުމާއި ޝާއިއުކުރުމާއި އަދި މައުލޫމާތު ފެތުރުމަކީ ޖަމިއިއްޔާ އަށާއި މުޖުތަމައަށް ލާބައާއި މަންފާ ލިބޭނޭ ކަމެއްކަމުގައި ދުށުން
  • އުނގުނުމުގައި ދާއިމުވުމަކީ އިލްމާއި ހިލްމު އިތުރުކުރުމަށް ނުހަނު މުހިއްމުކަމެއްކަމަށް ދެކި، ވަކިވަކި ފަރުދުންގެ މެދުގައާއި، މުޖުތަމައުގައި އަދި ދުނިޔޭގައި ދޭދޭ ގައުމުތަކުގެ މެދުގައިވެސް ދާއިމަށް އުނގެނުން ކުރިއަށް ގެންދިއުން
  • ހަމަހަމަކަމާއި، ސިންދަފާތާއި، ބައިވެރުކުރުން އިތުރުކުރުމުގެ ތެރެއިން މައުލޫމާތުގެ އިލްމާއި ޓެކްނޮލޮޖީ ފުޅާކުރުން
  • މައުލޫމާތުގެ އިލްމާއި ޓެކްނޮލޮޖީގެ ސަބަބުން ވަކިވަކި ފަރުދުންނާއި، ޖަމާއަތްތަކަށާއި، ސަގާފަތަށާއި، މުޅި މުޖުތަމާއަށް ކުރާ މަންފާ އާއި އަސަރުގެ ދައުރު ގަބޫލުކުރުން
  • މައުލޫމާތުގެ އިލްމާއި ޓެކްނޮލޮޖީ ފުޅާކުރުމަށް މަސައްކަތްކުރާ ދިރާސާވެރީންނާއި މަސައްކަތްތެރީންގެ ޖަމާއަތެއް ކަމުގައިވުން
  • ޖަމިއްޔާގެ މާއްދީ ހަރަދުތަކާއި މެންބަރަކަށް ލިބޭ ނަފާތައް ހަމަހަމަކުރުމަށް ވިސްނުމާއެކު އާއްމުކޮށް ހުޅުވާލެވިގެން މައުލޫމާތު ހިއްސާކުރުމުގެ ވިސްނުން ގެންގުޅުން 

މި ދާއިރާގެ އެންމެ ކުރީގައި އުޅޭ ޖަމިއްޔާގެ ހައިސިއްޔަތުން، އަސިސް އެންޑް ޓީ:

  • ޖަމިއްޔާގެ ދަރިވަރުންގެ ގޮފިތަކާއި ސަރަހައްދީ ގޮފިތައް މެދުވެރިކޮށް ލީޑަރޝިޕް ހުނުރާއި ދާއިރާގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަންކަން ފަހިކޮށްދޭ،
  • އަހަރީ އިވެންޓުތަކާއި ސްޕެޝަލް އިންޓްރަސްޓް ގްރޫޕްތައް މެދުވެރިކޮށް ދާއިރާގެ މަސައްކަތްތެރީންނާއި ދަރިވަރުންނާއި ދިރާސާވެރީން އަދި ޖަމިއްޔާތައް އެއްތަންކޮށްދިނުން މަގުފަހިކޮށްދޭ،
  • ދިރާސާކޮށް ތަރައްގީގެ ކަންކަމާގުޅޭ ލިޔުންތައް މުރާޖާކޮށް ޝާއިއުކޮށް މައުލޫމާތު ފެތުރުމުގެ މަސައްކަތް ކޮށްދޭ
    ފަންނީ ކުރިއެރުމަށް ބޭނުންވާނޭ މައުލޫމާތު ވެބިނަރ މެދުވެރިކޮށް ހިއްސާކޮށްދޭ،
  • މައުލޫމާތުގެ އިލްމު ކުރިއެރުވުމަށާއި ދާއިރާގެ ދިރާސާ ކުރުމަށް ހިޔާލުބަދަލުކުރާ މަންސައެގެ ގޮތުގައި މަސައްކަތްކުރޭ،
  • ދާއިރާގެ މެންބަރުން ތައާރަފުވެ ގުޅުންބަދަހިކުރުމަށް ފުރުސަތުތައް ފަހިކޮށްދޭ